Last Updated: April 30, 18:09
Tuesday, April 30, 2024
ރިޕޯޓް

ރޯދަ ރަހަ: ސޮސެޖް އެގް ޕިއްޒާ

* ބޭނުންވާ ތަކެތި:

1 ޖޯޑު ފުށް
1 ސައިސަމުސާ އިންސްޓަންޓް ޔީސްޓް
1 މޭޒުމަތީ ސަމުސާ ބަޓަރު
1/4 ސައިސަމުސާ ލޮނު
1/2 1 ސައިސަމުސާ ހަކުރު
5 ސޮސެޖު (ތުނިކޮށް ފޮތިކޮށްފައި)
1 ޓޮމާޓޯ (ތުނިކޮށް ފޮތިކޮށްފައި)
5 މޭޒުމަތީ ސަމުސާ ޓޮމާތޯ ސޯސް
2 ކެޕްސިކަމް (ކަރުގަނޑު ނަގައި ކުދިކޮށް ކޮށާފައި)
1 ޖޯޑު ޗީޒް (ގާނާފައި)
3 ބިސް (ފެނުކައްކައި ފޮތޮފޮތިކޮށްފައި)
2 ފިޔާ (ކިއުބްކޮށް ކޮށާފައި)
ލޮނު
ތެޔޮ

* ތައްޔާރު ކުރާނެ ގޮތް:

ފުށާއި ޔޫސްޓް، ލޮނު އަދި ހަކުރު، އެއްކޮށްލުމަށް ފަހު ބަޓަރު ކޮޅު އެއްކޮށްފައި ތާފަނާފެނުން މޮޑެލާށެވެ. ދެން މަތި ޖަހާފައި 15 މިނެޓް ވައްދެން ފުއްގަނޑު ބަހައްޓާށެވެ.
ތަވާ އުނދުންމައްޗަށް އުދާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅާއި ކެޕްސިކަމް ކޮޅު އެއްކޮށްފައި މީރުކޮށްލާށެވެ. ދެން ޓޮމާޓޯސޯސްކޮޅާއި ލޮނުކޮޅާ އެއްކޮއްލުމުން ސޯސްގަނޑު ތައްޔާރުވީ އެވެ.
އެއަށް ފަހު ފުއްގަނޑު ޓްރޭއެއްގައި 1/3 އިންޗީގެ ބޯމިނަށް ފަތުރާލާފައި މައްޗަށް ސޯސްގަނޑު އަޅާފައި ފަތުރާލުމަށް ފަހު ސޮސެޖު ފަތުރާލާފައި ބިސްފޮތިތައް އަތުރައިލާށެވެ.

ދެން މައްޗަށް ޗީޒް ވިއްސާލާފައި އަވަނުން ފިހެލާށެވެ.