Last Updated: April 27, 22:41
Saturday, April 27, 2024
ރިޕޯޓް

ރޯދަ ރަހަ: ބާންޓް ޗީޒްކޭކް

* ބޭނުންވާ ތަކެތި:

300 ގްރާމް ކްރީމް ޗީޒް
100 ގްރާމް ހަކުރު
2 ބިސް
160 ގްރާމް ވިޕް ކްރީމް
1/4 ސައިސަމުސާ ލޮނު
1/2 ސަައިސަމުސާ ވެނީލާ އެސެންސް
15 ގްރާމް ފުށް

* ތައްޔާރު ކުރާނެ ގޮތް:

ކްރީމް ޗީޒްކޮޅު މަޑުކޮށްލާފައި، ހަކުރާއި ރަނގަޅަށް އެއްކުރާށެވެ. ރަނގަޅަށް ކްރީމީކޮށް އެއްވުމުން ފަހަރަކު ބިހެއް އަޅަމުން އެއްކުރަމުން ގެންދާށެވެ. ބިހާއި ހަކުރާއި ޗީޒާއި ރަނގަޅަށް އެއްވުމުން، އޭގެ ތެރެއަށް ވިޕް ކްރީމް އަޅައި ރަނގަޅަށް މިކްސްކޮށްލާށެވެ. ދެން ލޮނު ކޮޅާއި ވެނީލާ އެޅުމަށް ފަހު ފުށްކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާނީ އެވެ.

އެއަށް ފަހު ޓްރޭއެއްގައި ފަތުރާލުމަށް ފަހު 200 ޑިގްރީ ސެލްޝިއަސްގައި 50 މިނަޓު ރަނގަޅަށް ފިހެލާނީ އެވެ.