Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ފަޒްލޫނަށް ވެސް އަލުން ދަރުސް ދިނުމުގެ ހުއްދަ

ދަރުސް ދިނުމުހެ ހުއްދަ ކުރީގެ ސަރުކާރުން ބާތިލުކުރި ޝެއިހް ފަޒްލޫން މުހައްމަދަށް ވެސް އެ ހުއްދަ އަލުން ދީފީ އެވެ.

އޭނަ އަށް ދީފައި އޮތް ހުއްދަ ބާތިލުކުރީ ޖުލައި 21، 2022 ގައި ގަލޮޅު ދަނޑުގައި "އިންޓަނޭޝަނަލް ޔޯގާ ޑޭ" ފާހަގަކުރަން ޔޫތު މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގުޅިގެން ބޭއްވި ޔޯގާގެ ހަރަކާތެއް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ ހަމަނުޖެހުން ހިންގި އެއްވުމަށް ހިތްވަރު ދީފައިވާ ކަމަށް ބުނެ އެވެ.

އެ ހާދިސާއާ ގުޅިގެން ފަޒްލޫން ހައްޔަރު ވެސް ކުރި އެވެ.

އޭނަގެ އިތުރުން ޔޯގާ މައްސަލަގަނޑުގައި ދަރުސް ދިނުމުގެ ހުއްދަ ބާތިލުކުރި ޝެއިހް އާދަމް ނިޝާނަށް ވެސް ވަނީ އަލުން ހުއްދަ ދީފަ އެވެ.