Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

ކުރިއަށް ވުރެ ގިނައިން މަސައްކަތް ކުރަން ބޭނުން

ކުރިއަށް ބުރެ ގިނައިން މިހާރު ފިލްމީ މަސައްކަތްތައް ކުރަން ބޭނުންވާ ކަމަށާއި އަންނަ އަހަރަކީ އޭނަ ވެބް ކޮންޓެންޓްތަކަކުން ވެސް ފެންނާނެ އަހަރެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި، ސަނީ ޑިއޯލް ބުނެފި އެވެ.

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ގަދަރު 2" ގެ ބަތަލު ހިންދުސްތާން ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ވެބް ކޮންޓެންޓްތަކަކަށް މިހާރު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

އެކަމަކު ސަނީ ދިން ޔަގީން ކަމަކީ "ބެންޗްމާކް" އަށް ވާ ކަހަލަ އުފެއްދުންތަކަކުން އޭނަ ފެންނާކަމެވެ.

"ފިލްމުތަކުގެ އިތުރުން ވެބް ކޮންޓެންޓްތަކުގައި ވެސް ދެން މަސައްކަތް ކުރާނަން. ބޭނުންވޭ ކުރިއަށް ވުރެ ގިނައިން މިހާރު ފިލްމީ މަސައްކަތްތައް ކުރަން،" މަޝްހޫރު އެކްޓަރު ދަރުމެންދުރާ ދޮށީ ދަރިފުޅު ބުންޏެވެ. "

ކާމިޔާބު އެތައް ފިލްމެއް މިހާތަނަށް ކުޅެފައިވާ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ސަނީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބާޕް"، "ސަފަރު" އަދި "ލާހޯރް، 1947" ގެ އިތުރުން "ރާމާޔަން" ޓްރިލޮޖީ ހިމެނެ އެވެ. އަދި "ގަދަރު 3" ވެސް ހަދަން ނިންމާފައިވެ އެވެ.

މިދިޔަ އަހަރު ސަނީ ބުނެފައިވާ ގޮތުގައި ފިލްމީ މަސައްކަތްތައް ގިނައިން ކުރަން ބޭނުންވާތީ އޭނަ މިހާރު ފުރަމުން އަންނަ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ ގޮނޑި އަށް ދެން ވާދައެއް ވެސް ނުކުރާނެ އެވެ. ލޯކް ސަބާ އަށް 67 އަހަރުގެ އެކްޓަރު އިންތިހާބުވީ 2019 ގަ އެވެ.

ސަނީގެ ދެ ކުދިންނަކީ ވެސް މިހާރު ބޮލީވުޑްގެ ތަރިންނެވެ. ދޮށީ ދަރިފުޅު ކަރަން ޑިއޯލް ބޮލީވުޑަށް ތައާރަފުވީ 2019 ގަ އެވެ. ހަގު ދަރިފުޅު ރަޖްވީރު ޑިއޯލް ބޮލީވުޑަށް ނުކުތީ މިދިޔަ އަހަރު އެވެ.