Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

އެކްސިޑެންޓްވުމުން ސީން ދޫކޮށް ދިިޔަ ބަޔަކު ހޯދަނީ

އެކްސިޑެންޓްވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ދިިޔަ ބަޔަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަމުންދާކަމަށެވެ.

ފުލުހުން ވަނީ އެކްސިޑެންޓްވި ސީންގެ ވީޑިއޯވެސް އާންމު ކޮށްފައެވެ. ފުލުހުން ބުނެފައިވަނީ އެ މީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާކަމަށެވެ.

އެހެންކަމުން އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތެއް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައިވެއެވެ.