Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

16 ދުވަސްތެރޭ 222 ޓަނުގެ ކުނި މާލެއިން ނަގައިފި

ފާއިތުވި 16 ދުވަސްތެރޭ މާލެއިން 222 ޓަނުގެ ކުނި ނަގާފައިވާ ކަމަށް މާލެސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރޯދައާއި ދިމާކޮށް ގޭގެ ސާފުކޮށް މާލޭގެ މަގު މައްޗަށް ކުނި ނެރެފައިވާއިރު، މަގުތަކުގައި ކުނި ގިނަވުމުން އެކަމުގެ ޝަކުވާ ގިނަބަޔަކު އަންނަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން މާލެސިޓި ކައުންސިލުން މާލޭގެ މަގުތައް ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މޭޔަރު އާޒިމް ވިދާޅުވީ ހޯމަދުވަހު އެންމެ 4 ގަޑިއިރުން 22.5 ޓަނުގެ ކުނި މާލެއިން ނަގާފައިވާކަމަށެވެ. އަދި މިދިޔަ 16 ދުވަސްތެރޭ 222.5 ޓަނުގެ ކުނި މާލެއިން ނަގާފައިވާ ކަމަށެވެ.

"އަޅުގަނޑު އެދެނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެއްދެވުމަށް. ދިރިއުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް." އާޒިމް ވިދާޅުވިއެވެ.

މާލޭގެ މަގު މައްޗަށް ގިނަ އަދަދެއްގެ ކުނި ނެރެފައިހުރިއިރު މަގުތައް ސާފުނުކޮށް ހުރުމުން ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރުމުންނެވެ.