Last Updated: May 4, 09:41
Saturday, May 4, 2024
ޚަބަރު

އައްޑޫގެ އެކި ހިސާބުތަކުން ގަޑިއިރަކަށް ކަރަންޓް ކަނޑަނީ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނަކަށް ދިމާވި މައްސަލަ ހައްލުވަންދެން، އެކި ހިސާބުތަކުން 1 ގަޑިއިރަަށް ކަރަންޓް ކެނޑޭނެ ކަމަށް، ފެނަކައިން ބުނެފި އެވެ.

ފެނަކަ އިން ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އިންޖީނަކަށް ޓެކްނިކަލް މައްސަލަ ދިމާވެފައިވާ ކަމަށާއި، އެ މައްސަލަ ހައްލުވަންދެން މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް އެކި ހިސާބުތަކުން 1 ގަޑިއިރަށް ކަރަންޓް ކެނޑޭނެ ކަމަށެވެ. މި މައްސަލަ ހައްލުކުރަން 7 ނުވަތަ 8 ދުވަސް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށް ފެނަކަ އިން ބުނެ އެވެ. ކަރަންޓް ކެނޑުމަށް ހަމަޖެހިފައިވާ ގޮތް:

މި ދުވަސްތަކުގައި ވީހާވެސް މަދުން ކަރަންޓް ބޭނުން ކުރުމަށާއި ކަރަންޓް ހިދުމަތް މެދުކެނޑިފައި އޮންނަ ވަގުތުތަކުގައި ދިމާވާނެ ދަތިތަކަށް ފެނަކަ އިން ވަނީ މައާފަށް އެދިފަ އެވެ.