Last Updated: April 27, 22:41
Saturday, April 27, 2024
ރިޕޯޓް

ރޯދަ ގެއްލޭ ކަންތައްތަކަކީ ކޮބާ؟

ރޯދަ އަށް ތިބޭ އިރު ރޯދަ ގެއްލިދާނެ ކަންކަމުން ދުރުވާން ޖެހެ އެވެ. އަދި ރޯދައިގެ ފުރިހަމަ ސަވާބު ލިބޭ ގޮތަށް އަމަލުތައް ބަހައްޓަން ޖެހެ އެވެ.

ރޯދަ އަކީ އިސްލާމް ދީނުގެ ހަތަރު ވަނަ ރުކުނެވެ. އެހެންވެ މިއީ އިސްލާމް ދީންގެ ވަރަށް މުހިއްމު އަސާސެކެވެ. މުސްލިމުން އަހަރަކު އެއްފަހަރު ރޯދަ މަހާ ކުރިމަތިލާ އިރު، މިއީ މީހާގެ ނަފުސު އެތައް ގޮތަކުން ތަރުބިއްޔަތުކޮށްދޭ ވަރަށް ވެސް މުހިއްމު އަޅުކަމެކެވެ.

ރޯދަ އަކީ ރޫހާނީ ގޮތުންނާއި ސިއްހީ ގޮތުންނާއި އަދި އެ ނޫން ވެސް އެތައް ގޮތަކުން އިންސާނާ އަށް އެތައް ފައިދާއެއް ލިއްބައިދޭ އަޅުކަމެކެވެ. އެހެންވެ ރޯދަ އަށް ދޭންވޭ ފުރިހަމަ އަހައްމިޔަތާއި ގަދަރު މި އަޅުކަމަށް ދޭން ވާނެ އެވެ، އަދި އެކަން ކުރެވޭނީ ރޯދަ ގެއްލޭ ކަންތައްތަކާ ވެސް ދުރުވެގެންނެވެ.

ރޯދަ ގެއްލޭ ކަންތައްތަކަކީ:

* ކެއިން ބުއިން
* ޖިމާޢުވުން
* ޤަސްތުގައި ޖިންސީ ޣަރީޒާ ފުއްދުން
* ކެއިން ބުއިމުގެ ތެރޭގައި ހިމެނޭ ކަމެއްކުރުން (މިސާލަކަށް އައިވީ އެޅުން)
* ޤަސްތުގައި ހޮޑުލުން
* ޙައިޟުވުމާއި ނިފާސްވުން
*ޙިޖާމާ ޖެހުން (މިއީ ޚިލާފު އޮންނަ މައްސަލައެއް)

މިކަންކަމުން ރޯދަ ގެއްލޭނީ ކަމުގެ ޢިލްމު އެނގޭ ޙާލު، ހަނދާން ހުރުގެން، ޤަސްތުގައި މިއިންކަމެއް ކުރުމުންނެވެ.
٤٨ سؤالا في الصيام (ابن عثيمين)

ނޯޓް: މައުލޫމާތު، ޝެއިހް އަހުމަދު ރިމާޒް