އުރީދޫން ރޯދަ ވީއްލުން ސަދަގާތް ކޮށްލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ތަނެއްގައި ހުރެގެންވެސް އިފްތާރު ޕެކެއް ހަދިޔާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މި ޕެކްތައް ބެހުމަށް ހަމަ ޖެހިފައިވަނީ ބުރުޒު ކޭޓަރިންނާއިއެކު މިސްކިތްތަކަށެވެ.
ރޯދަ ވީއްލުމުގެ ޕެކުތައް:
ރޯދަ ވީއްލުން ޕެކު 1 – ފެންފުޅި، ކަދުރު، ތަރުކާރީ ބަތް، ކުޅުކުޅު އަދި ސަޓަނި: 49ރ.
ރޯދަ ވީއްލުން ޕެކު 2 – ފެންފުޅި، ކަދުރު، ޖޫސް ޕެކެޓު، 4 ކުޅި އަދި 2 ފޮނި ހެދިކާ: 39ރ.
ރޯދަ ވީއްލުން ޕެކު 3 – ފެންފުޅި، ކަދުރު، ޖޫސް ޕެކެޓު، 2 ކުޅި އަދި 2 ފޮނި ހެދިކާ: 29ރ.
ރޯދަ މަހަށް ހާއްސަކޮށްގެން އުރީދޫން މި ފަހަރު ވެސް ކަސްޓަމަރުންނަށް "ހަދިޔާފޮށި" ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފަ އެވެ.