Last Updated: April 28, 08:43
Sunday, April 28, 2024
ރިޕޯޓް

ރޯދަ ރަހަ: ގާލިކް ރައިސް

* ބޭނުންވާ ތަކެތި:

2 ޖޯޑު ބާސްމަތީ ހަނޑޫ
8 ލޮނުމެދު (ތުނިކޮށް ކޮށާފައި)
1 މޭޒުމަތީ ސަމުސާ ފިޔާ
1 މޭޒުމަތީ ސަމުސާ ބަޓަރު
1 ސައިސަމުސާ ލޮނު

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ހަނޑޫކޮޅު ދޮވެލާށެވެ. އެއަށް ފަހު ތެއްޔަކަށް ބަޓަރު އަޅައި ހޫނު ކުރުމަށް ފަހު ފިޔާ، ލޮނުމެދު، ލޮނު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. މަޑު ރަންކުލަ އަރައި މުރަނަވާން ފެށުމުން ކުރިން ދޮވެފައި ހުރި ހަނޑޫކޮޅު އަޅައިލާށެވެ.
ދެން ރަނގަޅަށް އެއްކޮށްލުމަށް ފަހު ފެން އަޅައި ކައްކައިލާނީ އެވެ.