Last Updated: June 6, 19:03
Saturday, June 6, 2026
ޚަބަރު

އޮފީސްތަކުގެ ސެކިއުރިޓީ އަށް ބަޔަކު ހޯދަނީ

އައްޑޫގެ ތިން އަވަށެއްގެ އަވަށު އޮފީސްތަކުގެ ސެކިއުރިޓީ ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

އެ ތިން އަވަށު އޮފީހަކީ ފޭދޫ، މަރަދޫ އަދި މަރަދޫފޭދޫ އަވަށު އޮފީހެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނަނީ އެ ތިން އަވަށު އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް، ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.

މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުން އެޕްރީލް މަހުގެ 7 ވަނަ ދުވަހު ހެނދުނު 11:00 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.