Last Updated: April 29, 00:08
Sunday, April 28, 2024
މުނިފޫހިފިލުވުން

މީރާ ކައިވެނިކޮށްފި

އިންޑިއާގެ ބަތަލާ މީރާ ޗޯޕްޅާ ކައިވެނިކޮށްފި އެވެ.

މަޝްހޫރު ތަރިން ކަމަށްވާ ޕްރިޔަންކާ އާއި ޕަރިނީތީ ޗޯޕްޅާއާ ދެބޭންގެ ދެދަރި މީރާ ކައިވެނިކޮށްފައި ވަނީ އޭނަ ރައްޓެހިވެގެން އުޅޭތާ ގިނަ ދުވަސްތަކެއްވީ ވިޔަފާވެރިޔާ ރަކްޝިތު ކެޖްރިވާލްއާ އެވެ. އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ ވަރަށް ކުލަގަދަކޮށް އިއްޔެ ބޭއްވީ ޖެއިޕޫރްގަ އެވެ. ނަމަވެސް މި ހަފުލާފައި ޕްރިޔަންކާ އާއި ޕަރިނީތީ ވެސް ބައިވެރިއެއް ނުވެ އެވެ.

ކައިވެނި ހަފުލާގެ ފޮޓޯތަކެއް މީރާ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.

ބޮލީވުޑްގެ ބައެއް ފިލްމުތައް ކުޅުނު ނަމަވެސް މިހާތަނަށް މާ ބޮޑު މަޝްހޫރު ކަމެއް ލިބިފައި ނުވާ މީރާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު ޒީ5 އިން ޕްރީމިއާކުރި "ސަފޭދު" އެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ގޭންގް އޮފް ގޯސްޓްސް"، "1920 ލަންޑަން" އަދި "ސެކްޝަން 375" ހިމެނެ އެވެ.

މީރާ، 40، ވަނީ ތަމަޅަ، ތެލެގޫ އަދި ކަންނާޑާ ފިލްމުތަކެއް ވެސް ކުޅެފަ އެވެ.