Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އުމްރާ ދަތުރެއް ލިބޭ ކުއިޒެއް ހައްޖު ކޯޕަރޭޝަނުން

އެންމެ ގިނަ ސުވާލުތަކުގެ ޖަވާބު ދިމާކޮށްގެން ގުރުއަތުން ހޮވޭ މީހަކަށް އުމްރާ ދަތުރެއް ލިބޭ ކުއިޒެއް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ފަށައިފި އެވެ.

"އެމްއެޗްސީއެލް ރަމަޟާން ކްއިޒް 1445" ގެ ނަމުގައި ކުރިއަށް ގެންދާ މި ކުއިޒް ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ކޯޕަރޭޝަނުން ބުނީ ދީނީ މައުލޫމާތާއި ހައްޖު ކޯޕަރޭޝަނާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށް ދިނުމަށް ފެށި މި ކުއިޒްގައި ރޯދަ މަހުގެ ކޮންމެ ދުވަހަކު ވެސް އެތަނުގެ ފޭސްބުކް ޕޭޖަށް ޕޯސްޓްކުރާނެ ކަމަށެވެ. އުމްރާ ދަތުރު ލިބޭނީ އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބު ދެއްވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ މީހަކަށެވެ.

ހައްޖު ކޯޕަރޭޝަނަކީ ދިވެހިން ހައްޖާއި އުމްރާ އަށް ގެންދާ ސަރުކާރުގެ ކުންފުންޏެވެ.