Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މޯލްޑިވިއަނުން ގަމަށް 1،222ރ. އަށް

އެތެރޭގެ ދަތުރުތަކަށް ހާއްސަ ޕްރޮމޯޝަނަލް ފެއާ މޯލްޑިވިއަނުން ފަށައިފި އެވެ.

ގައުމީ އެއާލައިން ބުނީ 8 އެއާޕޯޓަކަށް މިހާރު ހެޔޮ އަގެއްގައި ދަތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ދެކުނުން އައްޑު އަށް ކުރާ ދަތުރުތުގައި ޕްރޮމޯޝަނަލްގެ ފެއާގެ ތެރެއިން އެއްކޮޅު ޓިކެޓް މިހާރު 1،222ރ. އަށް ލިބޭނެ އެވެ.

ފެއާގައި އެއްކޮޅު ޓިކެޓް ވިއްކާ އަގުތައް:

* ގަން 1،222ރ
* ފުވައްމުލައް 1،155ރ.
* ގދ. ކާޑެއްދޫ 1،333ރ.
* ގއ. ކޫއްޑޫ 1،111ރ.
ލ. ކައްދޫ 1،055ރ.
ނ. މާފަރު 999ރ.
ރ. އިފުރު 999ރ.
ހދ. ހަނިމާދޫ 1،111

މޯލްޑިވިއަނުން ހާއްސަ އަގުތަކެއްގައި ޓިކެޓް ވިއްކަން ފެށި އިރު، އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ މި ސަރުކާރުން ވެފައި އޮތް ވައުދެކެވެ.