Last Updated: May 12, 18:57
Monday, May 12, 2025
ޚަބަރު

ހައި ކޯޓް ދެކުނު ގޮފީގެ މަރާމާތަށް ބަޔަކު ހޯދަނީ

އައްޑޫގައި ގާއިމު ކުރާ ހައި ކޯޓްގެ ދެކުނު ގޮފީގެ އިމާރާތުގައި ކުރަން ޖެހޭ ބައެއް މަަަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.

ހައި ކޯޓުން ނެރުނު އިއުލާނެއްގައި ބުނަނީ ފުރަތަމަ ކުރި އިއުލާނާ ގުޅިގެން މިކަމަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާ ކަމަށެވެ.

އެހެންވެ އަލުން ކުރީ ކަމަށެވެ. ހައި ކޯޓްގެ ދެކުނު ގޮފި ގާއިމު ކުރަނީ ހުޅުމޯދީގައި ހުންނަ އެސްޓީއޯ އިމާރާތުގެ ފުރަތަމަ ފަންގިފިލާގަ އެވެ.

ހައި ކޯޓުން ބުނީ ކޮންޓްރެކްޓް އުސޫލުން މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަަމަށެވެ.

ޕްރޮޕޯސަލް ލާން ޖެހެނީ މީދޫ މެޖިސްޓްރޭޓް ކޯޓަށެވެ.

މިކަމާ ބެހޭ ގޮތުން މައުލޫތު ދިނުން ވެސް އަންނަ މަހުގެ 2 ވަނަ ދުވަހު މީދޫ މެޖިސްޓްރޭޓް ކޯޓްގައި އޮންނާނެ އެވެ.