Last Updated: July 28, 13:59
Tuesday, July 28, 2026
ޚަބަރު

ރާއްޖެ އަށް ބޭސް އެތެރެކުރާނެ އިތުރު ބަޔަކު ހޯދަނީ

ރާއްޖެ އަށް ބޭސް އެތެރެކުރުމަށްޓަކައި އިތުރު ބަޔަކު ހޯދަން ނިންމައި އެކަމަށް ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނީ ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ބޭނުންވާ "ކޮންޓްރޯލް ޑްރަގްސް" އާއި "ހޮސްޕިޓަލް ޔޫސް" މެދު ނުކެނޑި ލިބޭނެކަން ކަށަވަރުކުރުމުގެ ގޮތުން ބޭސް އެތެރެކޮށް ދޭނެ އިތުރު ފަސް ފަރާތެއް ބޭނުންވާ ކަމަށެވެ.

އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު މި މަހުގެ 28 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ނަމްބަރުން 7200321 ހޯދޭނެ އެވެ.

ރާއްޖެ އަށް ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމަކީ މި ސަރުކާރުން މިހާރު ވަރަށް ބޮޑަށް އަމާޒު ހިފާފައި އޮތް ކަމެކެވެ.