Last Updated: June 11, 13:15
Thursday, June 11, 2026
ޚަބަރު

ދައުރު ހަމަވެ ހަބީބް އީސީން ވަކިވެވަޑައިގެންފި

އިސްމާއިލް ހަބީބް- ފޮޓޯ: ރައީސް އޮފީސް

އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރު މަސައްކަތް ކުރެއްވުމަށްފަހު އެ ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް އީސީން ވަކިވެވަޑައިގެންފިއެވެ.

ހަބީބް އީސީން ވަކިވެވަޑައިގަތީ ކޮމިޝަންގެ މެންބަރުކަން ދެ ދައުރުގައި ކުރެއްވުމަށްފަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގައި ބުނެފައިވާގޮތުން ކޮމިޝަންގެ މެންބަރު ކަމުގައި ގިނަވެގެން ހުރެވެނީ 5 އަހަރުގެ ދެ ދައުރަށެވެ.

ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އާންމު އިންތިހާބުތައް ރާވާ ހިންގުމުގައި، އިންތިހާބުތަކާބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތްކުރަން ލިބުނު 21 އަހަރަކީ ދެމިހުންނާނެ ތަޖުރިބާތަކެއް ކަމަށެވެ.

ހަބީބް އީސީގެ މެންބަރުކަމަށް ފުރަތަމަ އައްޔަނު ކުރައްވާފައިވަނީ 13 މާޗް 2014 ގައެވެ. އަދި ދެވަނަ ދައުރަކަށް އީސީގެ މެންބަރުކަމަށް އައްޔަނު ކުރައްވާފައިވަނީ 13 މާޗް 2019 ގައެވެ.