Last Updated: July 15, 18:06
Thursday, July 16, 2026
ދުނިޔެ

އަލުން ބައިޑެން އާއި ޓްރަމްޕްގެ ކުރިމަތިލުމެއް

މި އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ކަށަވަރުވެއްޖެ އެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނީ މިހާރުގެ ވެސް ރައީސް ޖޯ ބައިޑެން އެވެ. ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރައްވާނީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މިއީ ދެ ބޭފުޅުން ވެސ އިންތިހާބަށް އެކީގައި ވާދަކުރައްވާ ދެވަނަ ފަހަރެވެ. ދެހާސް ވިހީގެ އިންތިހާބު ބައިޑެން ކާމިޔާބު ކުރެއްވީ ދެވަނަ ދައުރަކަށް ޓްރަމްޕް ވާދަކުރެއްވުމުން ބަލިކުރެއްވުމަށް ފަހު އެވެ.

ޓްރަމްޕް ވެރިކަން ކުރެއްވީ 2016-2020 އަށެވެ. އޭނަ އަށް މި ފަހަރު ރިޕަބްލިކަން ޕާޓީގެ ޓިކެޓް ކަށަވަރުވުމުގެ އަސްލަކަށްވީ އިންތިހާބުގައި ވާދަކުރައްވަން އިއުލާންކުރެއްވި ހުރިހާ ބޭފުޅުން ޕްރައިމަރީ ކެމްޕޭންގެ ތެރޭގައި ކެމްޕޭން ހުއްޓަވާލައްވައި ރިޔާސީ ރޭސް ދޫކޮށްލެއްވުމާ ގުޅިގެންނެވެ. އޭގެ ތެރެއިން އެންމެ ފަހުން އެންމެ ކެމްޕޭން ހުއްޓަވާލެއްވީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވި އަންހެން ކެންޑިޑޭޓް ކަމަށްވާ ނިކީ ހޭލީ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ރިޕަބްލިކަން ޕާޓީގެ ފަރާތުން ޓްރަމްޕް، 77، އިންތިހާބުގައި ވާދަކުރައްވާ އިރު، އޭނަގެ ކުރިމަތީގައި ތަފާތު އެކި ދައުވާތައް ހުރިކަމެވެ.

އުމުރުން މިހާރު 81 އަހަރުގެ ބައިޑެން ވަނީ އޭނަ އަށް އިތުރު ދައުރެއް ހޯދައިދޭން ނިންމުމާ ގުޅިގެން އެއީ ރައްޔިތުންގެ އިތުބާރު އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށާއި އެ ނިންމުމަކީ "ޝަރަފެއް" ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ބައިޑެން އަކީ ކުރިން ނައިބު ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ ނޮވެމްބަރުގެ ކުރީކޮޅު އެވެ.