ސިންގަޕޫރު ސަފީރުކަމަށް އަދި ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ދާއިމީ ސަފީރުކަމަށް ބޭފުޅުން އައްޔަނު ކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވާފައިވަނީ ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުކަމަށް މުހައްމަދު ލުވޭޒު އަދި ޖެނީވާގައި ހުންނަ ރާއްޖޭގެ މިޝަންގެ ދާއިމީ ސަފީރުކަމަށް ޑރ. ސަލްމާ ރަޝީދު އައްޔަން ކުރުމަށެވެ.
މި ދެބޭފުޅުންގެ ނަން ދިރާސާކުރުމަށް ވަނީ ރައްޔިތުންގެ މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
މުހައްމަދު ލުވޭޒުވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސްގެ މަގާމު އަދާކުރައްވާފައެވެ.