Last Updated: April 28, 14:38
Sunday, April 28, 2024
ރިޕޯޓް

ރޯދަ ރަހަ: ޗިކެން ލަޒާނިއާ

* ބޭނުންވާ ތަކެތި:

500 ގްރާމް ލަޒާނިއާ
1/4 ޖޯޑު އޮލިވް އޮއިލް
500 ގްރާމް ޗީޒް (ތުނިކޮށް ކޮށާފައި)
1 ޖޯޑު ޕާމޭސަން ޗީޒް (ގާނާފައި، މައްޗަށް އެޅުމަށް)
2 ފިޔާ (ތުނިކޮށް ކޮށާފައި)
2 ލޮނުމެދު (ގާނާފައި)
1 ކިލޯ ބޯންލެސް ކުކުޅު (ކުދިކޮށް ކޮށާފައި)
2 ޖޯޑު ޓޮމާޓޯ ސޯސް
5 ޖޯޑު ޕީލްޑް ޓޮމާޓޯ
2/1 1 ޖޯޑު ޓޮމާޓޯ ޕިއުރީ
2/1 ޖޯޑު ފެން
2/1 1 ސައިސަމުސާ ލޮނު
1 ސައިސަމުސާ މުގުރި އަސޭމިރުސް
1 ސައިސަމުސާ ބޭސިލް
2 ބޭ ލީވްސް
2 ޖޯޑު މަޝްރޫމް (ކޮށާފައި)
2 ސައިސަމުސާ ހަކުރު

* ތައްޔާރު ކުރާނެ ގޮތް:

ފުރަތަމަ ތެއްޔެއް އުނދުންމައްޗަށް އުދާލާފައި އޮލިވް އޮއިލް އަޅާލާށެވެ. ހޫނުވީމާ ލޮނުމެދާއި ފިޔާ އެއްކޮށް އަޅާލާފައި މޯޅިވީމާ ކުކުޅު ކޮޅު އަޅާލާށެވެ. ދެން ކުކުޅުކޮޅު ކެއްކުނީމާ ޓޮމާޓޯ ސޯސް، ޕިއުރީ އަދި ސޯސްގެ ހުރި ބާވަތެއް އެއްކޮށްފައި ސޯސްގަނޑަކަށް ވަންދެން ކައްކާފައި ބޭ ލީވްސްކޮޅު ނަގާލާށެވެ.

އެއަށް ފަހު އެހެން ތެއްޔަކަށް ފެން އަޅާފައި އުނދުންމައްޗަށް އުދާލާށެވެ. އަދި ތެޔޮ އަޅާފައި ކެކިގަތީމާ ލަޒާނިއާ ފަހަރަކު ސީޓެއް އަޅަމުން ތަތްނުލަވާ ގޮތަށް އަޅާފައި މަޑުވަންދެން ކެކުނީމާ ނަގާފައި ތެލާ އެއްކޮށްފައި ބަހައްޓާށެވެ. ދެން ސޯސްގަނޑު ނަގާފައި ލާޒާނިއާ ބޭކިން ޓްރޭއެއްގައި ފަހަރަކު ފޮއްޗެއް ލޭޔަރަކަށް އަތުރާލާފައި ސޯސް މަތީގައި ފަތުރާލާފައި މައްޗަށް ޗީޒް ވިއްސާލާފައި މިގޮތަށް ލޭޔަރު ލޭޔަރަށް ދެބައި ހުސްވަންދެން ހަދާފައި އެއްގަޑި އިރުވަންދެން އަވަނުން ފިހެލާށެވެ.