Last Updated: April 29, 00:08
Sunday, April 28, 2024
މުނިފޫހިފިލުވުން

އަޖޭގެ "ދޭ ދޭ ޕިޔާރު ދޭ 2" އަށް ތާރީހެއް

އަޖޭ ދޭވްގަންގެ ކާމިޔާބު ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ" ގެ ދެވަނަ ބައި އަންނަ އަހަރު ރިލީޒްކުރާނެކަން އިއުލާންކޮށްފި އެވެ.

މިދޔަ އަހަރު "ތޫ ޖޫޓީ، މޭ މައްކާރް" ގެނެސްދިން ޑައިރެކްޓަރު ލަވް ރަންޖަންގެ ކުންފުނި ލަވް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒުން އިއުލާންކޮށްފައިވާ ގޮތުގައި މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ މެއި 1 ގަ އެވެ. "ދޭ ދޭ ޕިޔާރު ދޭ 2" ޑައިރެކްޓްކުރާނީ އަލަށް ޑައިރެކްޝަނަށް ނުކުތް އަންޝުލް ޝަރުމާކަން ވެސް ފިލްމުގެ ޓީމުން ވަނީ ކަށަވަރުކޮށް ދީފަ އެވެ.

ދެހާސް ނަވާރައިގައު ރިލީޒްކުރި ފިލްމު ޑަައިރެކްޓްކުރީ އާކިވް އަލީ އެވެ. އަދި ދެވަނަ ބައިގެ ސްކްރީންޕްލޭ ވެސް ލިޔުނު ލަވް އާއި ތަރޫން ޖެއިން އެވެ. "ދޭ ދޭ ޕިޔާރު ދޭ 2" ގެ ޝޫޓިން މި އަހަރުގެ މެއި/ޖޫން ހިސާބުގައި ފަށާނެ އެވެ.

ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނު "ދޭ ދޭ ޕިޔާރު ދޭ" ގައި އަޖޭއާ އެކީ ބަތަލާއިންގެ ރޯލު ކުޅުނީ ތައްބޫ އާއި ރަކުލް ޕްރީތެވެ. ދެވަނަ ބައިން ވެސް އެ ދެ ތަރިންގެ އެ މީހުންގެ ރޯލުތަކުން ފެންނާނެ އެވެ.

"ދޭ ދޭ ޕިޔާރު ދޭ" އަކީ ޒުވާން ދަރިންތަކެއް ތިބި ދުވަސްވީ ފިރިހެނަކު ޒުވާން އަންހެން ކުއްޖަކާ ހިތާވުމުން ދިމާވާ މަޖާ ހާދިސާތަކެއް ދައްކުވައި ދިން ފިލްމެކެވެ.