Last Updated: April 29, 00:08
Sunday, April 28, 2024
މުނިފޫހިފިލުވުން

އުރްފީ ބޮލީވުޑަށް ތައާރަފު ކުރަނީ

ފާޑުފާޑަށް ނިވާކަން ކުޑަ ހެދުން ތައްޔާރުކޮށްގެން އެ ހެދުންތައް ލައިގެން އާންމުންގެ ތެރެއަށް ނުކުމެ މަޝްހޫރުކަން ހޯދި އިންޑިއާގެ ސެލެބްރިޓީ އުރްފީ ޖާވިދު ބޮލީވުޑަށް ތައާރަފުކުރަން ތައްޔާރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޝްހޫރު ޕްރޮޑިއުސަރު އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ޑައިރެކްޓަރު ދިބާކަރް ބެނަޖީ އަންނަ މަހު ގެނެސްދޭން ހަމަޖެހިފައިވާ ފިލްމު "ލަވް، "ސެކްސް އޯރް ދޯކާ އެލްއެސްޑީ) 2" އިން އުރުފީ ތައާރަފުކުރާނެ އެވެ. އެ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 19 ގައި ކަމެވެ.

ފިލްމުގެ މޯޝަން ޕޯސްޓަރެއް ވެސް މިދިޔަ ހަފުތާގެ ތެރޭގައި އާންމުކޮށްފައިވާ އިރު، މީގެ ކާސްޓާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައައެއް ނުކުރެ އެވެ. އެކަމަކު ވަރަށް އަވަހަށް "އެލްއެސްޑީ 2" ގެ ޓްރެއިލާ ނެރެން ހަމަޖެހިފައިވާތީ ފިލްމުން އުރްފީ ފެންނާނެތޯ ނޫންތޯ ކަށަވަރުވެގެން ދާނެ އެވެ.

މި ފިލްމަކީ އެކްތާ އާއި ދިބާކަރް 2010 ގައި ގެނެސްދިން "ލަވް، ސެކްސް އޯރް ދޯކާ" ގެ ދެވަނަ ބައެވެ. އެކަމަކު އާ ފިލްމު ގެނެސްދޭނީ މުޅިން ތަފާތު ކާސްޓަކާ އެކީގަ އެވެ. މީގެ ތެރޭގައި އިންޑިއާގެ މަގުބޫލު ރިއަލިޓީ ޝޯ، "ބިގް ބޮސް" އިން ވިދި ބައެއް ފަންނާނުން ހިމެނޭނެ އެވެ.

އުރުފީ، 20، އަކީ ވެސް "ބިގް ބޮސް" ގެ ސީޒަނެއްގައި ވާދަކޮށްފައިވާ މީހެކެވެ. އޭނަ ބައެއް ޓީވީ ސިލްސިލާތަކުގައި ވެސް ކުރިން މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި "ބަޅޭ ބެއްޔާ ކީ ދުލްހަނިއާ"، "ބޭޕަނާ"، "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އަދި "ކަސޯޓީ ޒިންދަގީ ކޭ" ގެ ސީޒަން ދޭއް ހިމެނެ އެވެ.