Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު

ރާއްޖޭގައި އަލަށް މާކަނައެއްގެ ސާޖަރީއެއް!

ފިޔަަގަނޑު ބިދުނު މާކަނައެއްގެ އޮޕަރޭޝަނެއް ރާއްޖޭއި ފުރަތަމަ ފަހަރަށްކޮށްފި އެވެ.

މި ކާމިޔާބު އޮޕަރޭޝަނާ ބެހޭ ގޮތުން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ބުނީ "މާކޭ" ކިޔާ މާކަނާ ފުރަތަމަ ފެނުނީ ރަސްފަންނުން ކަމަށެވެ. އަދި އޭތި ފެނުނު އިރު ފިޔަގަނޑު އޮތީ ވަރަށް ބޮޑަށް ބިންދައިގެން ގޮސް ވެލި ވަދެ ވަރަށް ބޮޑަށް އިންފެކްޓްވެފައި ކަމަށް މިނިސްޓްރީން ބުންޏެވެ. މާކޭގެ ދެ ފިޔަ ވެސް އޮތީ ކޮށައިފަ އެވެ.

އެ ހާލަތު ޖެހިފައި ވަނިކޮށ ް"މާކޭ" ސަލާމަތްކުރީ ދެމަފިރިއަކުއެވެ. އެއީ ޖަނަވާރުންނަށް ވޮލަންޓިއާކޮށް އެހީވާ ބައެކެވެ.

އެ ދެމަފިރިންގެ ފަރާތުން ލިބުނު މައުލޫމާތުތަކާ އެކީ "މާކޭ" ފިޔަގަނޑުގެ ސާޖަރީވެގެން ދިޔައީ ރާއްޖޭގައި ކުރެވުނު މިފަދަ ތާރީހީ އޮޕަރޭޝަނަށެވެ. މިނިސްޓްރީން ބުނީ "މާކޭ" ގެ ސާޖަރީ ހެދީ އެކަމަށް ބޭނުންވާ ހާއްސަ ވަސީލަތްތަކާ އެކީގައި ކަމަށެވެ. އެގޮތުން ހޭނައްތަން ބޭނުންކުރާ މާސްކުތަކާއި، ސާޖަރީއަށް ބޭނުންވާ ބައެއް އާލަތްތަކަކީ އެކަމަށް ހާއްސަކޮށްގެން ތައްޔާރުކުރި ތަކެއްޗެވެ.

ސާޖަރީ ހަދާފައި ވަނީ އޮއޭސިސް ވެޓް ހޮސްޕިޓަލުގެ ޑރ. ގަންގާ ވިޖެސިންގެ ލީޑުގެ ދަށުން ޚާއްސަ ޓީމަކުންނެވެ. މާކޭއަށް ބޭނުންވާ ފަރުވާ ހޯދީ އޮއޭސިސް ވެޓެރިނަރީ ހޮސްޕިޓަލުން ވެލްފެއާ ފޯ އައިލެންޑް ކެޓްސް އެންޖީއޯގެ ޚަރަދުގަ އެވެ. އަދި
މި ސާޖަރީގައި ރާއްޖޭގެ ފުރަތަމަ ޖަނަވާރުންގެ ޑޮކްޓަރު ޑރ. ޙުސައިން މިސްފާހް ސާމީ ވެސް ހިއްސާވެވަޑައިގެންނެވި އެވެ.

ފަރުވާގެ މަސް ދުވަހުގެ މުއްދަތުގައި "މާކޭ" ބެލެހެއްޓީ އެ ފެނުނު ދެފަފިރިންނެވެ.

ނަމަވެސް "މާކޭ" މިހާރު ހުރީ މިނިވަން އަދި އެހާމެ އުފާވެރި މާހައުލެއްގައި ދުޅަހެޔޮ ސިއްހަތެއްގަ އެވެ. "މާކޭ" ގެ މިހާރުގެ ވަޒަނަކީ އެމަރަލްޑް ރިސޯޓެވެ.