Last Updated: May 13, 10:16
Monday, May 13, 2024
ވިޔަފާރި

އުރީދޫން "ޑެއިލީ އަންލިމިޓެޑް 15" ތައާރަފުކޮށްފި

އުރީދޫން "ޑެއިލީ އަންލިމިޓެޑް 15" އެޑްއޯންސްގެ ނަމުގައި އިތުރު ފުރުސަތުތަކަކާ އެކު ހިދުމަތެއް ތައާރަފްކޮށްފި އެވެ.

އެ ކުންފުނިން ބުނީ އިތުރު ފުރިހަމަކަމަކާ އެކު ތައާރަފު ކުރި ލިވް އަންލިމިޓެޑް އެޑްއޯންސް މެދުވެރިކޮށް ލިބިގެން ފައިދާތަކުގެ ތެރޭގައި އަންލިމިޓެޑް ކޯލާއި ހިލޭ އެސްއެމްއެސް އަދި އެމްއެމްއެސް ލިބުން ހިމެނެ އެވެ.

އަދި ހެޔޮ އަގުގައި ލޯކަލް ކޯލް ކުރެވޭނެ ކަމަށް ވެސް އެ އުރީދޫން ބުންޏެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ## ޑެއިލީ އެޑްއޯން އެންމެ 15ރ. އަށް އެކްޓިވޭޓް ކުރެވޭނެ އެވެ.

އުރީދޫ ލިވް އަންލިމިޓެޑް އެޑްއޯންސް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިދޭ ފައިދާތަކުގެ ތެރޭގައި މުޅި ދުވަހު އަންލިމިޓެޑް ކޯލް ކުރެވުން، ހިލޭ އެސްއެމްއެސް އަދި އެމްއެމްއެސް ކުރެވުން، އިތުރަށް ކޯލު ކުރާ ނަމަ މިނެޓަކަށް އެންމެ 0.25ލ. އަށް ލިބުން ހިމެނެ އެވެ.

10676148_10152816925411939_7188419410213868857_n

މީގެ އިތުރުން އެޑްއޯންތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ލޯކަލް އެހެން ނެޓްވޯކުގެ ނަންބަރުތަކަށް މިނެޓަކަށް އެންމެ 99ލ. ގެ ރޭޓުން ގުޅޭނެ ކަމަށެވެ.

އަދި ހަމަ މިއާ އެކު އެ ކުންފުނީގެ ހުރިހާ ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް މިއެޑްއޯންސް ފަސޭހަކަމާއިއެކު #929* އަށް ޑައިލްކޮށްގެން ނެގޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އުރީދޫ ރީޓެއިލް ފިހާރަތަކުން ލިވް އަންލިނިޓެޑް ރާސްޓަސް މެދުވެރިކޮށް ވެސް މި ހިދުމަތް އެވެ.