Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ސިފައިިންގެ ޗީފް ރިޓަޔަކުރައްވަނީ

މިހާރު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ސިފައިންގެ ހިދުމަތުން އަންނަ މަހު ރިޓަޔާ ކުރައްވަން ނިންމަވައިފި އެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް އޭނަ އައްޔަންކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގަ އެވެ. އޭގެ ކުރިން އަބްދުއްރަހީމު ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގަ އެވެ.

ޗީފް އޮފް ޑިފެންސްގެ މަގާމަށް އަބްދުއްރަހީން އައްޔަންކުރެއްވުމަށް ފަހު، ޑިސެމްބަރު މަހުގެ ތެރޭގައި ލެފްޓިނެންޓް ޖެނެރަލް ރޭންކަށް އޭނަ ޕްރޮމޯޓް ވެސް ކޮށްފައިވެ އެވެ.

ސިފައިންގެ ހިތުމަތުގައި އަބްދުއްރަހީމް އުޅުއްވާތާ މިހާރު 37 އަހަރުވެއްޖެ އެވެ.