ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ދިވެހީންގެރާއްޖެ މަޖިލީހަށް" މި ޝިއާރުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެހައްޤުގައި ވަކާލާތުކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި، ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަށް ހަލުވި ދުވެލީގައި ތަންފީޒުކުރުމަށް ބޭނުންވާ އެއްބާރުލުން ދޭނެ ކެންޑިޑޭޓުންތަކެއް ކަމަށެވެ.
އަމިއްލަވަންތަ ޝަޚްސިއްޔަތެއް ދަމެހެއްޓުމާއިއެކު ދުނިޔެއާއި އެއް ހަމައެއްގައި ފައިތިލަ ސާބިތުކުރާ، އަރަނިވެރި އިޤުތިސާދެއް އޮތް ޤައުމެއްގެ ގޮތުގައި މާދަމާގެ ޖީލުތަކަށް ރާއްޖެ ވާރުތަކޮށްދިނުމަށްޓަކައި ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
"ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަޅުގަނޑުމެން ލާ ވޯޓަކީ ދިވެހީންގެ ރާއްޖެ ދިވެހީންގެ ރައްޖެއެއްގެ ގޮތުގައި ދެމެހެއްޓުމަށް ލާ ވޯޓަކަށް ހަދަމާތޯ؟" ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވިއެވެ.
"ދިވެހީންގެރާއްޖެ މަޖިލީހަށް" މި ޝިޢާރުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، ރައީސުލްޖުމްހޫރިއްޔާ @MMuizzu އާއި، ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަށް ހަލުވި ދުވެލީގައި ތަންފީޒުކުރުމަށް ބޭނުންވާ އެއްބާރުލުން ދޭނެ… pic.twitter.com/qb8MP0mS33
— Hussain Fahmy (@u09HussainFahmy) March 14, 2024
މަޖިލިސް އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އޭޕްރިލް 21 ވަނަ ދުވަހުއެވެ. މަޖިލިސް އިންތިހާބުގައި ޖުމްލަ 368 ކެންޑިޑޭޓުން ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނީ 326 ފިރިހެން އަދި 42 އަންހެން ކެންޑިޑޭޓުންނެވެ. 20 ވަނަ މަޖިލީހަށް 93 މެންބަރަކު އިންތިހާބު ކުރާނެއެވެ. ޕީއެންސީގެ ޓިކެޓުގައި އިންތިހާބުގައި ވާދަކުރަނީ 89 ކެންޑިޑޭޓުންނެވެ.