Last Updated: May 2, 11:55
Thursday, May 2, 2024
ޚަބަރު

އައްޑޫގެ "ދަރުމަ ފޯރަމް" މިރޭ ފަށަނީ

ރޯދަ މަހުގެ ރޭތައް އިހުޔާ ކުރުމުގެ ގޮތުން އަައްޑޫގައި ކުރިއަށް ގެންދަން ނިންމާފައިވާ "ދަރުމަ ފޯރަމް" މިރޭ ފަށަން ނިންމައިފި އެވެ.

މިއީ އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން ބާއްވާ ފޯރަމެކެވެ. އެގޮތުން "ދަރުމަ ފޯރަމް" ގެ ފުރަތަމަ ފޯރަމް މިރޭ ބާއްވަން ހަމަޖެހިފައި ވަނީ ފޭދޫ ސްކޫލްގަ އެވެ. ފޯރަމް ފަށާނީ 9:30 ގަ އެވެ.

ދެވަނަ ފޯރަމް އޮންނާނީ މާދަމާ ރޭ މަރަދޫ އިރުޝާދިއްޔާ ސްކޫލްގަ އެެވެ. ތިން ވަނަ ފޯރަމް ހޮނިހިރު ދުވަހުގެ ރޭ ބާއްވާނީ ސ. އަތޮޅު މަދުރަސާގަ އެވެ. އަދި ހަތަރު ވަނަ ފޯރަމް އޮންނާނީ މި މަހުގެ 21 ގައި އައްޑޫ ހައި ސްކޫލްގަ އެވެ.

"ދަރުމަ ފޯރަމް" ގައި ދަރުސް ދެއްވާނެ ބޭފުޅުންނަކީ ޝެއިހް އަހުމަދު މައުސޫމް، ޝެއިހް ޑރ. އަބްދުއްސައްތާރު، އަލްއުސްތާޒާ އައިޝާ ހަލީލާ، ޝެއިހް އަހުމަދު ނާޒިހު އަދި ޝެއިހް މުހައްމަދު އަނީލެވެ.

އައްޑޫ ކައުންސިލާއި އަންހެނުންގެ ކޮމިޓީ ގުޅިގެން މިދިޔަ އަހަރު ވެސް ފޯރަމް ބޭއްވި އެވެ.