އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެއެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް އިފްތިތާހުކޮށް، މޯލްޑިވިއަންގެ ޑޭޝް-8 ގެ މަތިންދާބޯޓެ ބޭނުންކުރަން ފެށީ މާޗް 1 ވަނަ ދުވަހުއެވެ. އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފަށަން ތައްޔާރުވެފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ސީޕްލޭންގެ ފޮޓޮއެއް ސޯޝަލްމީޑިއާގައި ހިއްސާ ކުރައްވާފައެވެ.
އެއާ އެމްބިއުލާންސްގެ ގޮތުގައި ސީޕްލޭން ބޭނުންކުރަން ފެށުމާ ގުޅޭގޮތުން "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓްރެޓެޖިކް ކޮމިއުނިކޭޝަން އިބްރާހިމް ޚަލީލް ވިދާޅުވީ އެ ހިދުމަތް މާދަމާ ފަށާނެ ކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) March 14, 2024
ސަރުކާރުގެ އަމާޒަކީ އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ދެމަހެއްޓެނިވި ގޮތަކަށް 24 ގަޑިއިރު ލިބޭ ހިދުމަތަށް ހެދުމަށެވެ. މިއީ ކުއްލި ހާލަތުގައި ބޭނުންވާ ސިއްހީ ފަރުވާ އަށް ބަލިމީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމަށްޓަކައި ފެށި ހިދުމަތެކެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތަކީ އައިއޭއެސް އާއި ހެލްތު މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރި އާއި އެންސްޕާގެ އިތުރުން އާސަންދަ ގުޅިގެން ދޭ ހިދުމަތެކެވެ.