Last Updated: April 27, 22:41
Saturday, April 27, 2024
ރިޕޯޓް

ރޭއަޅުކަމަށް ޚާއްސަ ޢަދަދެއްވޭ ހެއްޔެވެ؟

(ޚުލާސާ ޖަވާބު): ރޭއަޅުކަމަށް ވާޖިބުވެގެންވާ ޚާއްސަ ޢަދަދެއް ނުވެ އެވެ.

ބޭނުން ޢަދަދަކުން ރޭއަޅުކަން ކުރެވިދާނެ އެވެ. އެހެނަސް އެންމެ އައުލާކަން ބޮޑީ ނަބިއްޔާ ﷺ ކުރެއްވި ފަދައިން 11 ނުވަތަ 13 ރަކްޢަތުން ރޭއަޅުކަން ކުރުމެވެ. އެކަމަކު މި ރަކްޢަތްތައް ކުރަން ވާނީ ޝަރުޢުވެގެންވާ ގޮތަށް ޤިޔާމާއި ރުކޫޢާއި އިޢުތިދާލާއި ސަޖިދައާއި ދެ ސަޖިދަ ދެމެދުގެ ވަގުތު ދިގުކޮށެވެ.
٤٨ سؤالا في الصيام (ابن عثيمين)

ރޭއަޅުކަމުގެ ވަކި ހިސާބަކުން އިމާމާއާ ވަކިވެގެން ދިއުމަކީ ބޮޑުވެގެންވާ މަޙްރޫމުވުމެއް!

އިމާމާއި ވަކިނުވެ ރޭއަޅުކަންކޮށް ފިނަމަ މުޅި ރޭ ރޭއަޅުކަން ކުރުމުގެ ޘަވާބު ލިޔުއްވޭނެކަމަށް ނަބިއްޔާ ﷺ ޚަބަރުދެއްވާފައިވެ އެވެ.
ވިތުރިއާއި ހަމައިންވެސް ވަކިނުވެވޭތޯ ބަލާށެވެ!

* ވިތުރި ފަހުން ކުރަން ބޭނުން ނަމަ އިމާމާއާ ބައިވެރި ވާނީ ސުންނަތެއް ކުރުމުގެ ނިޔަތުގަ އެވެ. އަދި ވިތުރީގެ ފަހު ރަކްޢަތުން އިމާމާ ސަލާމް ދިނުމުން ތެދުވެ އިތުރު ރައްކުޢަތެއް ކޮށް ދެރަކްޢަތުގެ ސުންނަތަކަށް ބަދަލުކޮށްލާނީ އެވެ.
* އިމާމާ އެކީގައި ވިތުރި ކުރުމަކީ ފަހުން ދަމުނަމާދު ކުރުމަށް އޮތް ހުރަހެއް ނޫނެވެ. ވިތުރުކޮށްގެން ހުރެ ވެސް ދަމުނަމާދު ކުރެވޭނެ އެވެ. އެކަމަަކު ދެން އަލުން ވިތުރި އިޢާދަ ކުރުމެއް ނުވެ އެވެ.

މި ދެ ގޮތުން ކުރެ ގޮތަކަށް ކަންތައްކޮށްގެން ވިޔަސް އިމާމާ ވަކިނުވެވޭތޯ ބަލާށެވެ!

ނޯޓް: މައުލޫމާތު، ޝެއިހް އަހުމަދު ރިމާޒް