Last Updated: April 27, 20:44
Saturday, April 27, 2024
ޚަބަރު

ހަތަރު މިސްކިތެއްގައި އާ ޙަތީބަކު މިއަދު ހުކުރު ކުރާނެ

މާލެ ސަރަހައްދުގެ ހަތަރު މިސްކިތެއްގައި މިއަދު އިމާމްވެ ހުކުރު ކުރާނީ މިދިޔަ އާދީއްތަ ދުވަހު ހަތީބުކަމގެ ހުއްދަ ދިން ޒުވާން ޙަތީބުންގެ ތެެރެއިން ހަތަރު ޒުވާނަކު ކަމަށް ކަމަށް މިނިސްޓްރީން ބުނެފި އެވެ.

އެ ހަތަރު ޚަތީބުންނަކީ ހުކުރު މިސްކިތުގައި އިމާމުވެ ނަމާދުކުރާ ނައުފަން ނިޔާފާއި ތައިބާ މިސްކިތުގައި އިމާމުވެ ހުކުރު ނަމާދުކުރާ ސުލައިމް މުހައްމަދު ލަތީފާއި އީދު މިސްކިތުގައި އިމާމުވެ ހުކުރު ކުރާ އަބްދުލް މަތީން މުހައްމަދުގެ އިތުރުން ހުޅުމާލޭގެ މަސްޖިދު އަމާނީގައި ހުކުރު ކުރާ ހުސައިން ޒައިން އަލީ އެވެ.

މީގެ ތެރެއިން ޒައިން އަކީ އޯޓިސްޓިކް ކުއްޖެކެވެ. އޭނަ ޤުރުއާނުގެ 12 ފޮތް ވަނީ ހިތުދަސްކޮށްފައިވެ އެވެ.

ޒުވާން ޙަތީބުން ތަމްރީނު ކުރަން ހިންގި ފުރަތަމަ ބެޗްގައި 57 ޒުވާނަކު ހުއްދަ ހޯދާފައިވެ އެވެ. މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ ގްރޭޑް 10، 11 އަދި 12 ކިޔަވާ ނުވަތަ ކިޔެވުން ނިންމާފައިވާ ދަރިވަރުންނަށެވެ.