Last Updated: April 29, 06:03
Monday, April 29, 2024
މުނިފޫހިފިލުވުން

"ކްރޫ" ބެލުންތެރިންނަށް ވަރަށް ކަމުދާނެ: ކަރީނާ

މި މަހުގެ ފަހުކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ "ކްރޫ" އަކީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ލައިޓްހާޓެޑް ފިލްމެއް ކަމަށް އޭގެ އެއް ބަތަލާ ކަރީނާ ކަޕޫރް ބުނެފި އެވެ.

މި މަހުގެ 29 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ކެބިން ކްރޫންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމެވެ. "ކްރޫ" ގައި ކަރީނާ އާއި ތައްބޫގެ އިތުރުން ޒުވާން ބަތަލާ ކްރިތީ ސެނަން އަކީ ޕޮޝް ލައިފްސްޓައިލެއް ގެންގުޅޭ ތިން ކެބިން ކްރޫންނެވެ.

މި ފިލްމާ ބެހޭ ގޮތުން ކަރީނާ ބުނީ މިއީ ބެލުންތެރިން ލޯބިވާ "ބެބޯ" ގެ އޭނަގެ އަސްލު ސްޓައިލްގައި ފެންނާނެ ފިލްމެއް ކަމަށެވެ. "ބެބޯ" އަކީ ކަރީނެގަ ވަނަމެވެ.

"ލާލް ސިންގް ޗައްޑާ އާއި ޖާނެ ޖާ އަށް ފަހު އަހަރެން މި ފަހަރު އަންނަނީ ލައިޓްހާޓެޑް ފިލްމަކާ އެކީ. އެހެންވީމަ މިއީ ބެލުންތެރިން ލޯބިވާ ބެބޯގެ ފާޑުވެރިކަން ފެންނާނެ ފިލްމެއް،" ކަރީނާ ބުންޏެވެ. "އެހެންވީމަ އަހަންނަށް ވަރަށް ޔަގީން މި ފިލްމު ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް."

"ކްރޫ" ގެ ޓްރެއިލާ އާއި ބައެއް ލަވަތައް ވެސް މިހާރު އާންމުކޮށްފައިވާ އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. މި ފިލްމަކީ އެކްތާ ކަޕޫރާއި ރިއާ ކަޕޫރް ޕްރޮޑިސްކޮށްފައިވާ ފިލްމެކެވެ. "ކްރޫ" ގެ ޑައިރެކްޓަރަކީ ރާޖޭޝް ކްރިޝްނަން އެވެ.