Last Updated: April 29, 00:08
Sunday, April 28, 2024
މުނިފޫހިފިލުވުން

"މަދޫބާލާ" އިއުލާންކޮށްފި

ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު ބަތަލާ މަދޫބާލާގެ ބައޮގްރަފިކަލް ޑްރާމާ ހަދަން ވާހަކަ ދެކެވޭތާ ގިނަ ދުވަސްތަކެއް ފަހުން މިއަދު އެ ފިލްމު އިއުލާންކޮށް އޭގެ ޓައިޓްލް ޕޯސްޓަރު އާންމުކޮށްފި އެވެ.

ޖަސްމީތު ކޭ ރީން ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ފިލްމު ޕްރޮޑިއުސްކުރަނީ ސޮނީ ޕިކްޗާސް އާއި އާއި މަދޫބާލާ އިން އުފައްދާފައިވާ ފިލްމު ކުންފުނި މަދޫބާލާ ވެންޗާސް ޕްރައިވެޓް ލިމިޓެޑުންނެވެ.

"މަދޫބާލާ" އިއުލާންކުރި ނަމަވެސް ފިލްމުގައި އޭނަގެ ރޯލު ކުޅޭނެ ބަތަލާއަކާއި ފިލްމުގެ މަސައްކަތް ފަށާނެ އިރަކާއި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މި ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖެއސި ޖަސްމީތަކީ އާލިއާ ބަޓްގެ 2022 ގެ ފިލްމު "ޑާލިންސް" ގެ ޑައިރެކްޓަރެވެ. އެ ފިލްމަކީ އޭނަގެ އަލަތު ޑައިރެކްޝަން ކަމަށް ވިޔަސް، ވަރަށް ގިނަ ފިލްމުތަކެއްގެ ސްކްރީންޕްލޭ ޖަސްމީތު ލިޔެފައިވެ އެވެ.

ރީތިކަމާއި މޮޅު ހުނަރުގެ ސަބަބުން އާންމުންގެ ތެރޭގައި ބޮޑު މަޝްހޫރު ކަމެއް ހޯދި މަދޫބާލާ އަކީ ހިންދީ ސިނަމާގައި 1950 އާއި 1960 ގެ ތެރޭގައި އެންމެ ވިދި އެއް ބަތަލާ އެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި މުގްލޭ އާޒަމް (1960)، ޗަލްތީ ކާ ނާމް ގާޅީ (1958)، މެހެލް (1949) އަދި "މިސްޓް އެންޑް މިސިޒް 55 (1955) ފަދަ ކާމިޔާބު އެތައް ފިލްމެއް ހިިމެނެ އެވެ.

މަދޫބާލާގެ އެންމެ ފަހު ފިލްމަކީ މަރުވި ފަހުން 1971 ގައި ރިލީޒް ކުރި "ޖުވާލާ" އެވެ.

ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ/އެކްޓަރު ކިޝޯރް ކުމާރާ ކުރި ކައިވެނި ވެސް ރޫޅި، ރަލަށް ދެވި ހިފައި އުމުރުން އެންމެ 36 އަހަރުގައި މަދޫބާލާ މަރުވީ 1969 ގަ އެވެ.