Last Updated: April 28, 11:06
Sunday, April 28, 2024
މުނިފޫހިފިލުވުން

އަމީތާބް އެޑްމިޓްކޮށްފި

އިންޑިއާގެ ފިލްމީ ތަރި އަމީތާބް ބައްޗަން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން އެބަދެ އެވެ.

މީޑިއާތަކުން ބުނީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި 81 އަހަރުގެ އެކްޓަރު އެޑްމިޓްކުރީ މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލްގައި ކަމަށެވެ. އަދި އެތަނުގައި އެންޖިއޮޕްލާސްޓީ ސާޖަރީއެއް ވެސް ހަދާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީކޮށް އަމީތާބްގެ ފަރާތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަމަކު އޭނަ އެޑްމިޓްކުރި ވާހަކަ ދެކެވެން ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް އަމީތާބް އެކްސްގައި "އިން ގްރެޓިޓިއުޑް އެވާ…" ލިޔެފައި ޕޯސްޓެއްކޮށްފައިވެ އެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން ސިއްހީ އެކި ކަހަލަ މައްސަލަތައް ދިމާވެގެން އަމީތާބް އެޑްމިޓްކޮށް ފަރުވާ ދީފައިވެ އެވެ. އެކަމަކު އަމީތާބް އަބަދު ވެސް ފާހަގަކުރެވެނީ ވަރަށް ފިޓްކޮށް ހުންނަ، އުމުރާ އަޅާބަލާ އިރު ސިއްހީ މާ ބޮޑެތި މައްސަލަތަކެއް ނެތް މީހެއްގަ އެވެ.

އުމުރުން ކިތަންމެ ދުވަސް ވިޔަސް، ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަމީތާބަކީ އަދިވެސް ބޮލީވުޑްވުޑްގެ އެންމެ ބިޒީ އެއް އެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ގަނަޕަތު" އެވެ.