Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ޑްރޯންތައް ލޯންޗްކުރަން ރައީސް މިރޭ މާފަރަށް

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ތުރުކީން ގެނެސްފައިވާ އަސްކަރީ ޑްރޯންތައް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ނ. މާފަރަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޑްރޯންތައް އިފުތިތާހު ކުރުން އޮންނާނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

ތުރުކީން ގަތް ޑްރޯންތައް ރަސްމީކޮށް ބޭނުން ކުރަން ފެށުމުގެ ކުރިން އަންގާރަ ދުވަހު މީގެ ޓެސްޓް ދަތުރުތަކެއް ވެސް އަންގާރަ ދުވަހު މާފަރުގައި ކުރިއަށް ގެންގޮސްފައިވެ އެވެ. އެކަމަކު މި ޑްރޯންތަކާ ބެހޭ އެއްވެސް މައުލޫމާތެއް މިހާތަނަށް އަދި ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ތުރުކީން ޑްރޯންތައް ގަތީ 560 މިލިއަން ރުފިޔާގެ އެއްބަސްވުމުގެ ދަށުންނެވެ.