Last Updated: April 29, 10:59
Monday, April 29, 2024
ޚަބަރު

"ރަސްއައިން" އެޕް ލޯންޗްކޮށްފި

މަސްވެރިންނާއި ކަނޑު ދަތުރުކުރާ ފަރާތްތަކަށް ހާއްސަ އެޕެއް "ރަސްއައިން" ގެ ނަމުގައޮި ލޯންޗްކޮށްފި އެވެ.،

މި އެޕް ތައާރަފުކުރީ ސިފައިންގެ އެއާ ކޯ އިފުތިތާހުކުރަން ރޭ ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

މި އެޕްގައި ރާއްޖޭގެ މެޕާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް) އިން ފޮނުވާ މޫސުމީ އިންޒާރުތަކާއި ކަނދުފަތިތައް ހުންނަ ތަންތަނާއި ދިޔަވަރާއި އޮއިވަރާއި ގުޅޭ މައުލޫމާތު ފަދަ ކަނޑުމައްޗާ ގުޅުން ހުރި މުހިއްމ ކަންކަން ހިމަނާފައިވެ އެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ ދިވެހި ސިފައިންނާ ކޯސްޓްގާޑާއި ދިވެހި މަސްވެރިންނާއި ގުޅުވާލަދޭ ވަސީލަތަކަށް އެޕް ވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މީގެ އިތުރުން ކުއްލި ހާލަތުގައި ފޮނުވާ ޑިސްޓްރެސް ސިގްނަލްތަކާއި ސަލާމަތީ ބާރުތަކުން ހިއްސާކުރާ އެހެނިހެން އާންމު މައުލޫމާތުތައް ވެސް އެޕުން ފެންނަން ހުންނާނެ އެވެ.

އެމްއެންޑީއެފުން ބުނީ "ރަސްއައިން" އެޕް ވާނީ މަސްވެރިންނާ ދަތުރުވެރިންނަށް ދަތުރު ކުރިއަށް ރޭވުމަށް ބޮޑު އެހީތެރިއަކަށް ކަމަށެވެ. މި އެޕް އެޕް ސްޓޯރުންނާއި ގޫގުލްޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.