Last Updated: April 28, 16:32
Sunday, April 28, 2024
ޚަބަރު

ސިފައިންގެ ވައިގެ ފޯސް އުފައްދައިފި

ދިވެހި ސިފައިންގެ ވައިގެ ފޯސްއެއް "އެއާ ކޯ" ގެ ނަމުގައި އުފައްދައިފި އެވެ.

އެ ހިދުމަތް އިފުތިތާހްކޮށް ދެއްވީ މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގައި ރޭ ޑްރޯންތައް އިފުތިތާހުކުތަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

އެމްއެންޑީއެފުން ބުނީ އެތަނަށް އަލުން އިތުރުވި ފައިގެ ފޯހާ އެކީ ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން އެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ހިންގަން ޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގާނެ ކަމަށެވެ.

އެއާ ކޯގެ މަސްއޫލިއްޔަތަކީ ރާއްޖޭގެ ވައިގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުކުރުމުގެ ގޮތުން، އެ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަން ޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ހިންގުމާއި، ރާއްޖޭގެ ވައިގެ ސަރަޙައްދު ދިފާއުކޮށް ބެލެހެއްޓުމާއި، ރާއްޖޭގެ އެންމެހާ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށްޓަކައި ވައިގެ ވަސީލަތްތައް ބޭނުންކޮށްގެން ހިންގަން ޖެހޭ އޭރިއަލް ސަރވެއިލަންސް އޮޕަރޭޝަންތައް ކޯސްޓްގާޑާއި ގުޅިގެން ހިންގުމާއި، ނޭޝަނަލް ސްޓްރެޓެޖިކް އިންސްޓޮލޭޝަންތަކާއި ކްރިޓިކަލް އިންފްރާސްޓްރަކްޗަތައް ވައިގެ މަގުން ރައްކާތެރިކޮށް ބެލެހެއްޓުމާއި އަދި ރާއްޖޭގެ ސަރަހައްދުތަކުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ގެއްލޭ މީހުންނާއި އުޅަނދުފަހަރު ހޯދުމުގެ ގޮތުން ހިންގަން ޖެހޭ ސާޗް އޮޕަރޭޝަންތައް ހިންގުމުގައި އެހީތެރިވުމެވެ.

އަސްކަރީ ވައިގެ ޚިދުމަތާއެކު، ދިވެހިރާއްޖޭގެ ވައިގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން، އެ ސަރަޙައްދު ބެލެހެއްޓުމަށް ޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ހިންގާނީ އެމްއެންޑީއެފް އެއަރ ކޯރއިންނެވެ.

ވައިގެ ސިފައިންގެ ހިދުމަތް ތައާރަފު ކުރުމާއި އަސްކަރީ ޑްރޯން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭނުން ކުރަން ފެށުމާ ގުޅިގެން ޑްރޯން އޮޕަރޭޝަންތަކުގެ ބޭސްއަކަށް ހަމަޖައްސާފައި ވަނީ މާފަރު އެއާޕޯޓެވެ. އެމްއެންޑީއެފުން ބުނީ މުޅިން އަލަށް ވައިގެ ބާރެއް އުފައްދައި އޭގެ ދަށުން އޭރިއަލް ވެހިކަލް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތު ހިމާޔަތްކޮށް ދިފާޢުކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ މުހިންމު ފިޔަވަޅެއް ކަމަށެވެ.