Last Updated: July 22, 09:48
Wednesday, July 22, 2026
ޚަބަރު

އައްޑޫން ވިޔަފާރި އަށް 6 ބިމެއް ކުއްޔަށް ދެނީ

ފޮޓޯ/ އަލީ ނާސިރު

އައްޑޫދެ އަވަށަކުން ވިޔަފާރި އަށް ހަ ބިމެއް ކުއްޔަށް ދޭން ކައުންސިލުން އިއުލާންކޮށްފި އެވެ.

މީގެ ތެރޭގައި ހިމެނެނީ ހިތަދޫ ފަސް ބިމަކާއި ފޭދޫން ބިމެކެވެ. އެހެންވެ މި މި ބިންތައް ކުއްޔަށް ހިފަން ޝައުގުވެރިވާ ރަޖިސްޓްރީކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަޝިޕްތަކަށް ވަނީ ހުޅުވާލައިފަ އެވެ. ބިންތަކަށް އެދި ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 17 ގަ އެވެ.

ކައުންސިލުން ބުނީ މި ބިންތައް ހިފަން ބޭނުންވާ ފަރާތްތަކުން އެކަމުގައި ބައިވެރިވާން މާދަމާ އިން ފެށިގެން މި މަހުގެ 26 އާ ހަމައަށް ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ. ރަޖިސްޓްރީވާނީ ބިމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެހާއި ގުޅޭނެ ނަންބަރުގެ އިތުރުން އީ-މެއިލް އެޑްރެސް މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ.

ރަޖިސްޓްރޭޝަނަށް 300ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.