Last Updated: April 27, 22:41
Saturday, April 27, 2024
ޚަބަރު

ވިލާ އިން އާ ރިސޯޓެއް ހުޅުވަނީ

ރާއްޖޭގައި މިހާރު ވެސް ބޮޑެތި ރިސޯޓްތަކެއް ހިންގަމުން އަންނަ ވިލާ ރިސޯޓްސް މި އަހަރު އާ ރިސޯޓެއް ހުޅުވަން ނިންމައިފި އެވެ.

މި އަހަރުގެ ފަހުކޮޅު ހުޅުވަން ތައްޔާރީތައް ވަމުން އަންނަނީ އަރިއަތޮޅުގައި ތަރައްގީ ކުރަމުން އަންނަ 73 ވިލާގެ "ވިލާ ހެވެން" އެވެ. ވިލާ ރިސޯޓްސް އިން ބުނީ މިއީ އެންމެ މަތީ ފަންތީގެ ހިދުމަތްތައް ލިބޭނެ ވަރަށް ހިތްގައިމު ރިސޯޓަށް ވާނެ ކަމަށެވެ. "ވިލާ ހެވެން" އަކީ 2،500 އަކަފޫޓްގެ ރިސޯޓެކެވެ. މި ރިސޯޓް ވާނީ ރާއްޖޭގެ ރިސޯޓެއްގައި އޮންނާނެ ބޮޑު ޕްރައިވެޓް އެއް ޕްރައިވެޓް ޕޫލް ވެސް އޮންނާނެ ރިސޯޓަށެވެ.

"ވިލާ ހެވެން" އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ސީޕްލޭންގައި ފުރައިގެން 35 މިނިޓުން ދެވޭނެ އެވެ.

ވިލާ ރިސޯޓްސްގެ ވެރިއަކީ މަހުޖަނު ގާސިމް އިބްރާހީމް އިބްރާހީމެވެ.

އެތަނުން މިހާރު ވެސް ފަސް ރިސޯޓެއް ހިންގަ އެވެ. އެއީ ސަން އައިލޭންޑް ރިސޯޓް، ފަން އައިލޭންޑް ރިސޯޓް، ޕެރަޑައިސް އައިލޭންޑް ރިސޯޓް، ރޯޔަލް އައިލޭންޑް ރިސޯޓް އަދި ހޮލިޑޭ އައިލޭންޑް ރިސޯޓެވެ.