Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ފާތިހު" އާ އެކު ސޯނޫ ޑައިރެކްޝަނަށް

އިންޑިއާގެ ފިލްމީ ތަރި ސޯނޫ ސޫދު ޑައިރެކްޓްކޮށް، ކުޅުނު ފިލްމު "ފާތިހު" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

މި އެކްޝަން ތުރިލާ މި އަހަރު ބެލުންތެރިންނަށް ގެނެސްދޭނެކަން ކަށަވަރުކޮށް ދިން ނަމަވެސް ފިލްމު ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. އިންޑިއާ އާއި އެމެރިކާގައި ޝޫޓްކޮށްފައިވާ "ފާތިހު" އަކީ ސޯނޫގެ ފުރަތަމަ ޑައިރެކްޝަނެވެ. އަދި މިއީ ގިނަ ދުވަސްތަކެއް ފަހުން އޭނަ، ފިލްމެއްގެ ލީޑުން ފެންނަ ފުރަތަމަ ފަހަރު ވެސް މެ އެވެ.

ކެރިއަރުގެ ކުރީކޮޅު ލީޑް ރޯލުތަކުން ސޯނޫ، 50، ފެނުނު ނަމަވެސް މި ފަހުން އާންމުކޮށް އޭނަ ފެންނަނީ ސަޕޯޓިން ރޯލުތަކުންނެވެ.

ދެހާސް އެކާވީހުގައި އިއުލާންކުރި "ފާތިހު" ގެ ބަތަލާ އަކީ ޖެކްލީން ފެނަންޑޭޒެވެ.