Last Updated: April 28, 21:57
Sunday, April 28, 2024
މުނިފޫހިފިލުވުން

ޕުލްކިތާއި ކްރިތީ ކައިވެނިކޮށްފި

ބޮލީވުޑްގެ ފިލްމީ ތަރިން ކަމަށްވާ ޕުލްކިޓް ސަމްރާޓާއި ކްރިތީ ކަރްބަންދާ މިއަދު ކައިވެނިކޮށްފި އެެވެ.

އެ ދެ މީހުންގެ ކުކަގަދަ ކައިވެނީގެ ހަފުލާ އޮތީ ނިއު ދިއްލީގަ އެވެ. އެ ހަފުލާގައި ބޮލީވުޑްގެ ބައެއް މީހުން ވެސް ބައިވެރިވި އެވެ. ކައިވެނި ހަފުލާގެ ފޮޓޯތައް ވެސް ޕުލްކިތާއި ކްރިތީގެ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވެ އެވެ.

ބޮލީވުޑުން މިހާތަނަށް މާ ބޮޑު މަޝްހޫރު ކަމެއް ހޯދިފައި ނުވާ ޕުލްކިތާއި ކްރިތީ ރައްޓެހީ 2018 ގަ އެވެ. އެ ދެ މީހުން އެކީގައި ފިލްމެއްގައި މަސައްކަތް ވެސް ކޮށްފައިވެ އެވެ. އެއީ 2019 ގެ "ޕާގަލްޕަންތީ" އެވެ.

"ސަނަމް ރޭ" އާއި "ފުކްރޭ" ފަދަ ފިލްމުތައް ކުޅެފައިވާ ޕުލްކިތު، 40، އަކީ ކުރިން ވެސް ކައިވެންޏެއްކޮށްފައިވާ މީހެކެވެ. އޭނަގެ ކުރީގެ އަންހެނުންނަކީ އެކްޓަރު ސަލްމާން ޚާނާ ދުރުތާ ތިމާގެ މީހެއް ކަމަށްވާ ޝްވޭތާ ރޯހިރާ އެވެ. އެ ދެ މީހުންގެ 2014 ގެ ކައިވެނީ ރޫޅުނީ 2015 ގަ އެވެ.

ދެހާސް ސޯޅައިގެ "ރާޒް: ރީބޫޓް" އިން ބޮލީވުޑަށް ނުކުތް ކްރިތީ، 33، އަކީ ދެކުނުގެ ފިލްމުތަކުން އެކްޓިން ދަތުރު ފެށި ބަތަލާއެކެވެ. އޭނަ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި "ހައުސްފުލް 4"، "ޝާދީ މޭ ޒަރޫރު އާނާ"، "ވީރޭ ކީ ވެޑިން" އަދި "ޔަމްލާ ޕަގްލާ ދީނާވާ: ޕިރް ސޭ" ހިމެނެ އެވެ.