Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މުއިއްޒަކީ ތާރީހު ބަދަލުކޮށްލާނެ މޮޅު ލީޑަރެއް

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލައްވާނެ މޮޅު ލީޑަރެއް ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ތައުރީފު ކުރައްވައިފި އެވެ.

ރާއްޖޭގައި އަލަށް ވައިގެ އަަސްކަރިއްޔާ އުފައްދައި، އަސްކަރީ ޑްރޯންތަކެއް ބޭނުން ކުރަން ފެށުމާ ގުޅިގެން މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރައީސް ވެރިކަމަށް ވަޑައިގެންނެވީ ބޮޑެތި ވައުދުތަކަކާ އެކީގައި ކަމަށާއި ކޮންމެ ވައުދެއް ވެސް ވެވަޑައިގެންނެވީ ފުއްދަވާނެކަމުގެ ނިޔަތާ އެކީގައި ކަމަށެވެ.

"ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ ކުރައްވަނީ ވައުދުތައް ފުއްދުމުުގެ މަސައްކަތް." ރައީސް ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިކަލުން ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރައީސްގެ އަމާޒަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދެއްވައި ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯއްދަވައި ދެއްވުން ކަމަށެވެ.