Last Updated: April 27, 22:41
Saturday, April 27, 2024
ރިޕޯޓް

ރޯދަ ރަހަ: ކްރީމީ މަޝްރޫމް ޕާސްތާ

* ބޭނުންވާ ތަކެތި:

300 ގްރާމް ޕާސްތާ
2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
1 މޭޒުމަތީ ސަމުސާ ބަޓަރު
1 ފިޔާ (ކޮށާފައި)
250 ގްރާމް މަޝްރޫމް (ފޮތިކޮށްފައި)
3 ލޮނުމެދު ކޮށާފައި)
200 އެމްއެލް ކިރު
1 ލުނބޯގެ ތޮށި ގާނާފައި
200 ގްރާމް ޕާމަޒަން ޗީޒް

* ތައްޔާރު ކުރާނެ ގޮތް:

ތެއްޔަކަށް ތެޔޮފޮދާއި، ބަޓަރުކޮޅު އަޅައި ފިޔާކޮޅު މީރުކޮށްލާށެވެ. ފިޔާގަނޑު ރަތްވުމުން އޭގެ ތެރެއަށް މަޝްރޫމްކޮޅުއަޅައި ރޯ ފިލުވާލާށެވެ. ދެމް އޭގެ ތެރެއަށް ލޮނުމެދުކޮޅު އަޅައި ކިރު އަޅާލާށެވެ. ކިރު ރަނގަޅަށް ކެކިގަތުމުން ލުނބޯ ތޮށްޓާއި ޗީޒް އަޅާށެވެ.

ޕާސްތާކޮޅު ކައްކާލުމަށް ފަހު އޭގެ ތެރެއިން ޕާސްތާ ފެންފޮދެއް ނަގާށެވެ. ޕާސްތާ ކޮޅު ކެކުމުން ކްރީމްކޮޅު ތެރެއަށް އެއްކޮށްލާށެވެ. އަދި ކުރިން ނެގި ފެންފޮދު އަޅައި ރަނގަޅަށް އެއްކޮށްލާނީ އެވެ.