Last Updated: June 11, 11:55
Thursday, June 11, 2026
ޚަބަރު

އިންތިހާބަށް 10،000 މީހުން ރީރަޖިސްޓްރީކޮށްފި

ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރީރަޖިސްޓްރީ ވުމަށް ހުޅުވާލި ފުރުސަތުގައި 10،000 އަށްވުރެއް ގިނަ މީހުން ރީރަޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އޭޕްރިލް 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ މާޗް 16 ވަނަ ދުވަހުގެ 15:00 އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ ރީރަޖިސްޓްރީ ކުރުމުގެ ސުންގަޑި ހަމަވިއިރު، ރީރަޖިސްޓްރީ ކުރުމަށް ޖުމުލަ 11،169 ފޯމެއް ލިބިފައިވާ ކަމަށާއި އޭގެތެރެއިން 1141 ފޯމެއް ބާތިލު ކަމަށެވެ. ސައްހަ ކަމަށް ކަނޑައަޅާ ރީރަޖިސްޓްރީ ކޮށްފައިވަނީ 10،028 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ.