Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

ދިވެހިންގެ އެހީގައި އިންޑޮނީޝިއާގައި މިސްކިތެއް

ދިވެހިންގެ އެހީގައި އިންޑޮނީޝިއާގައި ބިނާކުރި މިސްކިތެއް ބޭނުން ކުރަން ފަށައިފި އެވެ.

ޒަމާނީ ފަރުމާއަކަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ "މަސްޖިދުލް ރަހީމު" އެވެ. މި މިސްކިތް ބިނާކޮށްފައި ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ދަށުން ކުރިއަށް ގެންދާ "ތަޖުރީ" ޕްރޮގްރާމްގެ ތެރެއިންނެވެ.

މި ޕްރޮގްރާމްގެ ތެރެއިން މީގެ ކުރިން ވެސް އެކި ގައުމުތަކުގައި ދިވެހިންގެ އެހީގައި މިސްކިތްތައް ބިނާކޮށްފައިވެ އެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ބުނީ މިހާރު ވެސް އެހެން ދެ ގައުމެއްގައި މިސްކިތްތަކެއް ބިނާކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށެވެ. އެއީ 572،000ރ. ހަރަދުކޮށްގެން ނައިޖީރިއާ އާއި ބެނިންގައި ބިނާކުރަމުން އަންނަ 240 މީހުންގެ ޖާގައިގެ މިސްކިތްތަކެވެ.

މި މިސްކިތްތަކަށް އެހިވާން ވެސް އޮތީ ހުޅުވާލައިފަ އެވެ.