Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ފޭރުމުގެ ދެ ހާދިސާއެއްގައި ދެ މީހަކު ބަންދަށް

ފޭރުމުގެ ދެ ހާދިސާއަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށް، ބަންދުކޮށްފި އެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން އެއް ހާދިސާގައި މާލޭގެ ކެފޭއެއްގެ ތެރެއަށް ވަދެ، އެތަނުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކަށް ބިރު ދައްކައި ފައިސާތަކެއް ފޭރެން އުޅުނު މައްސަލައެއްގައި ހައްޔަރުކުރީ މާލެ އަށް ނިސްބަތްވާ 26 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ކުރިން ވެސް ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ ރެކޯޑްތަކެއް އޮތް އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފައިވެ އެވެ.

ފޭރުމުގެ ދެވަނަ ހާދިސާގައި މާލޭގައި ކަޓަރުން ބިރު ދެއްކުމަށް ފަހު ކުޑަކުއްޖެއްގެ ފޯނު ފޭރިގެންފައިވެ އެވެ.

އެ މައްސަލައިގައި ހައްޔަރުކުރީ 41 އަހަރުގެ މީހެކެވެ. ގދ. ތިނަދު އަށް ނިސްބަތްވާ އެ ފިރިހެން މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާފައިވެ އެވެ.