Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އޭއީއެޗްގެ ސީއީއޯއަކަށް ޑރ. ޔާސިރު

އައްޑޫ އިކްއެޓޯއަރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާ ސީއީއޯގެ މަގާމަށް ޑރ. އިބްރާހީމް ޔާސިރު އަހުމަދު އައްޔަންކޮށްފި އެވެ.

އޭނަ އެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން ހޮސްޕިޓަލްގެ މެނޭޖްމަންޓުން މިއަދު ވަނީ މަރުހަބާ ވެސް ކިޔައިފަ އެވެ. އަދި ޑރ. ޔާސިރާ އެކީ އޭއީއެޗަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށް އުންމީދުކުރާ ކަމަށް ބުންޏެވެ.

އަތޮޅުތެރޭގެ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލްގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޑރ. މުހައްމަދު ސޯލިހެވެ. އޭނަ އެ މަގާމުން ވަކިވެވަޑައިގެންނެވީ ވެރިކަން ބަދަލުވުމާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ. އޭއީއެޗްގެ ސީއޯއަކަށް ޑރ. ސޯލިހު އައްޔަންކުރީ 2020 ގަ އެވެ.

އޭއީއެޗަކީ 2020 ގެ ޖެނުއަރީން ފެށިގެން ހިންގަމުން އަންނަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުން ހިދުމަތް ދޭން ފެށުމާ އަކީ ހިތަދޫގައި ކުރިން ހިންގަމުން އައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއާއެޗް) ވަނީ އުވާލައިފަ އެވެ.

އޭއީއެޗްގެ އާ ސީއީއޯގެ މަގާމަށް އައްޔަންކުރި ޑރ. ޔާސިރަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާތާ ގިނަ ދުވަސްތަކެއްވީ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނަ ކުރިން އައިޖީއެމްއެޗާއި ސެނަހިޔާގެ އިތުރުން މެޑިކާގައި ވެސް ހިދުމަތް ކުރައްވާފައިވެ އެވެ.