Last Updated: April 27, 10:17
Saturday, April 27, 2024
ޚަބަރު

ޓޫރިސްޓުންގެ އަދަދު 500،000 އިން މައްޗަށް

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 500،000 އިން މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް ދާއިރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެއާ ހަމައަށް ރާއްޖެ އަށް ޖުމްލަ 506،015 ޓޫރިސްޓުން އައިސްފައިވެ އެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމަށް ބަލާ އިރި، އެއް ވަނައިގައި އޮތީ ޗައިނާގަ އެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު 60،243 އަށް އަރަ އެވެ. ދެވަނައިގައި ރަޝިއާ އޮތީ 51،376 ޓޫރިސްޓުންނާ އެކީގަ އެވެ. އިޓަލީ ތިން ވަނައިގައި އޮތީ 48،435 ޓޫރިސްޓުންނާ އެކީގަ އެވެ.

ގަދަ 10 ގައި ދެން ހިމެނޭ ގައުމުތަކަށް ބަލާ އިރު، އިނގިރޭސިވިލާތުން (46،414 ޓޫރިސްޓުން)، ޖަރުމަނުން (34،736 ޓޫރިސްޓުން)، އިންޑިއާ އިން (30،846 ޓޫރިސްޓުން)، ފްރާންސުން (20،658 ޓޫރިސްޓުން)، އެމެރިކާ އިން (16،677 ޓޫރިސްޓުން)، ޕޮލޭންޑުން (12،342 ޓޫރިސްޓުން) އަދި ސްވިޓްޒަލޭންޑުން (11،519 ޓޫރިސްޓުން) އައިސްފައިވެ އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.