Last Updated: April 30, 06:17
Tuesday, April 30, 2024
ރިޕޯޓް

ރޯދަ ރަހަ: މޮންގޯލިއަން ރައިސް

* ބޭނުންވާ ތަކެތި:

2 ޖޯޑު ބާސްމަތީ ހަނޑޫ (ކައްކާފައި)
1 ފިޔާ
3 ލޮނުމެދު
1/2 ސައިސަމުސާ އިނގުރު (ގާނާފައި)
ލޮނު
1/2 ސައިސަމުސާ ތެޅިމިރުސް
1/2 ސައިސަމުސާ އަސޭމިރުސް
300 ގްރާމް ބޯންލެސް ކުކުޅު (ކައްކައި ކުދިކޮށް ކޮށާފައި)
1 ޖޯޑު ސްޕްރިން އޮނިއަން
3 ބިސް
1/2 ޖޯޑު ރަތް އަދި ފެހި ކެޕްސިކަމް
1 ޖޯޑު ކެބެޖް
1 ޖޯޑު ކޯން
1 މޭޒުމަތީސަމުސާ އޮއިސްޓަ ސޯސް
3 މޭޒުމަތީ ސަމުސާ ސޯޔާސޯސް
3 މޭޒުމަތީ ސަމުސާ ތެޔޮ

* ތައްޔާރު ކުރާނެ ގޮތް:

އުނދުން މައްޗަށް ތަވައެއް އުދުމަށް ފަހު ޔެތޮފޮދު އަޅާ ހޫނުވުމުން އިނގުރު، ލޮނުމެދު އަދި ފިޔާކޮޅު އަޅައި ވަޅޯކޮށްލާށެވެ. ދެން ކެޕްސިކަމް، ކުކުޅު އެޅުމަށް ފަހު މިނެޓެއްހާ އިރު ކައްކާލާށެވެ.
ތަވާގައި ހުރި އެތިކޮޅު ތަވައިގެ އެއްކައިރިއަށް ޖައްސާލުމަށް ފަހު ބިސް ކޮޅުއަޅާ ރޯފިލުވާލާށެވެ. އެއަށް ފަހު ކެބެޖް، ސްޕްރިން ފިޔާ، ކޯން، ތެޅިމިރުސް، އަސޭމިރުސް އަޅައި ރަނގަޅަށް މޯޅި ކޮށްލާށެވެ.

ދެން ސޯސްތަކާއި ލޮނު އަޅާލުމަށް ފަހު ބަތް އަޅާ ރަނގަޅަށް އެއްކޮށްލާނީ އެވެ.