Last Updated: July 21, 18:02
Wednesday, July 22, 2026
ޚަބަރު

އެސްޓީއޯގެ އާންމު ހިއްސާދާރުންގެ ޑިރެކްޓަރު ކަމަށް ހުޅުވާލައިފި

އެސްޓީއޯ / ފޮޓޯ؛ ރާއްޖެ އެމްވީ

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެސްޓީއޯއިން މިއަދުކުރި އިއުލާނެއްގައި ބުނީ، އެ ކުުންފުނީގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައި ވާގޮތުގެމަތީން އަދި ކުންފުނީގެ ހިއްސާ ބެހިފައިވާ ނިސްބަތަށް ބަލާއިިރު، ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން އެއް ޑިރެކްޓަރު އަދި ސަރުކާރު ނުވަތަ މައި ހިއްސާ ދާރުގެ ފަރާތުން ހަ ޑިރެކްޓަރުން އިންތިހާބު ކުރާ ކަމަށެވެ.

މި ގޮތުން އެސްޓީއޯ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކުރާ ހުރިހާ ޑިރެކްޓަރުންނަކީ ވެސ،ް ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަށް ބާރުއަޅާކަމަށް އެ ކުންފުނިން ބުނެ އެވެ.

އަދި އެ ކުންފުނީ ގެ ބޯޑަށް ވީހާ ވެސް ގިނަ އަންހެން ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވުމާއ،ި އިންތިހާބުގައި ވާދަކުރުމަކީ ކުންފުނިން ބާރުއަޅާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ

އެސްޓީއޯގެ އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބުކުރާ ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 30 އަހަރު ވެފައިވުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވާސިޓީ އަކުން ވިޔަފާރިއާއި ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު 5 އަހަރުގެ އަމަލީ ތަޖުރިބާ ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު މަދުވެގެން 10 އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

އެސްޓީއޯގެ ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި އެ ފޯމުގައި ބަޔާންކޮށްފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ 8 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.