Last Updated: April 27, 20:44
Saturday, April 27, 2024
މުނިފޫހިފިލުވުން

"ލަސްވިޔަސް" ގެ އާ ޓްރެއިލާއެއް

އަންނަ މަހު އޮލިމްޕަހަށް ގެންނަން ނިންމާފައިވާ ފިލްމު "ލަސްވިޔަސްް" ގެ އާ ޓްރެއިލާއެއް ދައްކާލައިފ އެވެ.

މި ފިލްމަކީ މުހައްމަދު ނިޔާޒު (ޓެޑްރީ) ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ދެވަނަ ފީޗާ ފިލްމެވެ. އޭނަ އަކީ 1994 ގެ "ދެރިޔާ" ގެ ޑައިރެކްޓަރެވެ.

އަންނަ މަހުގެ 12 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ "ލަސްވިޔަސް" ގެ ލީޑް ތަރިންނަކީ އަހުމަދު އީސަ (އާނަންދު) އާއި ވާޝިޔާ މުހައްމަދުގެ އިތުރުން ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ދަރިފުޅު ޒޯޔާ ހަސަނެވެ. ބޮޑު ކާސްޓެއް ހިމެނޭ ފިލްމުން 2022 ގައި މަރުވި ބަތަލާ ފައުޒިއްޔާ ހަސަންގެ އިތުރުން ކުރީގެ މަޝްހޫރު އެކްޓަރު ރީކޯ މޫސާ މަނިކު ވެސް ފެންނާނެ އެވެ.

މިހާރު ޓިކެޓް ވެސް ވިއްކަމުން އަންނަ "ލަސްވިޔަސް" އަކީ މި އަހަރު އޮލިމްޕަހަށް އަންނަ ފަސް ވަނަ ފިލްމެވެ.

ސިނަމާގައި މިހާރު އޮތީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" އެވެ. މި އަހަރުގެ ފުރަތަމަ ފިލްމަކީ ދިވެޖި ފިލްމު ސްޓޫޑިއޯގެ ލޯބީގެ ފިލްމު "މީ އިޝްގް" އެވެ. އޭގެ ފަހުން އައި ފިލްމްސްގެ ބިރުވެރި ފިލްމު "ކަންބަޅި" ގެ އިތުރުން ތުރުކަސް ފިލްމްސްގެ ކުރު ފިލްމު "ހަދީޖާ" ބެލުންތެރިންނަށް ގެނެސްދީފައިވެ އެވެ.